English English

މެންޑޭޓް

  1. ޘަޤާފީ ތަރިކަ ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ކަނޑައަޅައި ޢާންމު ކުރުން.
  2. ސަގާފީ ތަރިކަ ގިންތިކޮށް، ސަގާފީ ތަރިކައިގެ ދަފްތަރެއް އެކުލަވާލައި، އަދާހަމަކޮށް ބެލެހެއްޓުން.
  3. ޤައުމީ ތަރިކައިގެ ޙާލަތާއި، އެފަދަ ތަރިކަ ރައްކާޓެރިކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ލޯކަލް ކައުންސިލްތަކަށް އިރުޝާދު ދިނުން.
  4. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ސަގާފީ ތަރިކަ ދެމެހެއްޓެނިވި ގޮތަކަށް އާބާތުރަ ފިލުވައި، އެފަދަ ތަރިކަ ބަލަހައްޓައި، ރައްކާތެރިކޮށް ޒަމާންތަކަށް ދަމަހައްޓާނެ ނިޒާމެއް ޤާއިމު ކުރުން.
  5. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ތަންފީޒު ކުރުމަށްޓަކައި ލޯކަލް ކައުންސިލްތަކާއި އެނޫންވެސް ކަމާބެހޭ އިދާރާތަކަށް ސަގާފީ ތަރިކަ ބަލަހައްޓާނެ ގޮތުގެ އިދުޝާދު ދިނުން.
  6. ދިވެހިރާއްގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުގެ ޝަރުޠުތައް ކަނޑައެޅުން.
  7. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ތަރިކައާބެހޭ ބައިނަލްއަޤްވާމީ އެކިއެކި މުޢާހަދާތަކާއި އެއްބަސްވުންތައް ތަންފީޒު ކުރެވެމުންދޭތޯ ބެލުމުގައި ވަޒީރަށް ލަފާ ދިނުން.
  8. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ސަގާފީ ތަރިކަ ބަލަހައްޓަމުންދޭތޯ ބަލައި، މޮނިޓަރ ކުރުން.
  9. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާއި، އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން ވުޒާރާއިން ކަނޑައަޅާ ގަވާއިދުތަކާއި އުޞޫލުތައް ތަންފީޒު ކުރުން.
  10. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ކޮށްފާނެ އަސަރު ބެލުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓް ހެދުމާގުޅޭ އުޞޫލުތައް ކަނޑައެޅުން.
  11. ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ހޯދުމަށް ދިވެހިރާއްޖޭގެ ސަރަޙައްދު ބެލުމާއި، އެފަދަ ދިރާސާތައް ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި، އެ މަސައްކަތް ކުރަމުންދާ ގޮތް ބެލުން.
  12. ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހުރި ސަގާފީ ތަރިކަ، ސައިންސްގެ ހަމަތަކުގެ މަތިން ހޯދައި ބަލައި ދިރާސާކުރުމާއި، އެފަދަ ދިރާސާތައް ކުރުމަށް ހިތްވަރުދީ، އެހޭތެރިކަން ފޯރުކޮށްދިނުން.
  13. ސަގާފީ ތަރިކައާ ގުޅޭގޮތުން އެއްކުރެވޭ މަޢުލޫމާތު، ރައްކާތެރި ނިޒާމެއްގެ ތެރެއިން ޒަމާނީ ވަޞީލަތްތައް މެދުވެރިކޮށް ބެލެހެއްޓުން.
  14. ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އަގު ނެގުން.
  15. މަރުކަޒުގެ މަސައްކަތްތައް ހިންގުމަށްޓަކައި އެކިއެކި ކޮމިޓީތައް ހެދުން.
  16. ދިވެހިރާއްޖޭގެ ތަރިކައާ ގުޅޭގޮތުންނާއި، ދިވެހިންގެ އޭދަކާދައާ ގުޅޭގޮތުން ހޯދުންތައް ހޯދައި، ދިރާސާތައްކޮށް، އެ މަޢުލޫމާތު ޢާންމު ކުރުން.
  17. ހެރިޓޭޖް ޓްރަސްޓް ފަންޑު ހިންގުން.
  18. ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ގުޅޭ ކަންކަމުގައި ޢާންމުންގެ މަޝްވަރާއާއި ޚިޔާލު ހޯދައި، ހޭލުންތެރި ކުރުމުގެ ޙަރަކާތްތައް ހިންގުން
  19. ދިވެހިރާއްޖޭގެ ސަގާފީ ތަރިކަގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ސަގާފީ ތަރިކަ ހިމެނޭ ތަންތަނާއި، ބިނާތަކާއި ސަރަޙައްދު ތައް ޢާންމުންނަށް ހުޅުވާލުމާ ގުޅޭ ކަންކަން ހަމަޖެއްސުން.
  20. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާއި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.

ޤައުމީ ދާރުލްއާސާރުގެ މަސައްކަތްތައް

  1. ދާރުލްއާސާރަށް ހޯދާ އާސާރީ ތަކެއްޗާއި، މިހާރު ހުރި އާސާރީ ތަކެތީގެ ފުރިހަމަ ކެޓަލޮގެއް ހަދައި އެ ކެޓަލޮގް ބެލެހެއްޓުން.
  2. އެގްޒިބިޓް ކުރެވިފައި ހުރި ތަކެއްޗާއި ގުދަންކޮށްފައި ހުރި ތަކެތި ބެހެއްޓިފައި ވަނީ ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށްތޯ ކަށަވަރު ކުރުން.
  3. ދާރުލްއާސާރަށް ހޯދާ އާސާރީ ތަކެއްޗާއި، ހުރި ތަކެތީގެ ފޮޓޯނަގައި ގިނަދުވަހު ހުންނާނޭހެން ފަރުވާ ދިނުމާއި އެތަކެއްޗަށް ގެއްލުން ނުވާނޭ ގޮތަށް ބެލެހެއްޓުން.
  4. ދާރުލްއާސާރުގެ ޑިސްޕްލޭގައި ހިމެނޭ ތަކެއްޗާއިބެހޭ މަޢުލޫމާތު އާންމުކުރުން.
  5. ދާއިމީ އެގްޒިބިޝަންތަކާއި ޚާއްޞަ އެގްޒިބިޝަންތަކާބެހޭ އިންޓަރޕްރިޓޭޝަން ތައްޔާރުކޮށް މަޢުލޫމާތު ދިނުމާއި، ލުއިފޮތާއި ބްރޯޝާ ފަދަ ތަކެތި ތައްޔާރު ކުރުމާއި، އެތަކެތި ޢާންމުކޮށް ހިލޭ ނުވަތަ ގަންނަން ލިބޭނެ އިންތަޒާމު ހަމަޖެއްސުން.
  6. އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި ސަރަޙައްދީ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެތި ކެޓަލޮގްކޮށް ފޮޓޯ ނަގާ ޑޭޓާބޭސްއެއް ގާއިމްކޮށްގެން ބަލަހައްޓާނެ ގޮތުގެ އިރުޝާދުދީ އެހީތެރިވެދިނުން.
  7. އާސާރީ ތަކެއްޗާބެހޭ މަޢުލޫމާތު ހޯދުމަށް ދިރާސާ ކުރުމާއި ތަކެތީގެ މަޢުލޫމާތު މުއްސަނދި ކުރުމަށް މަޢުލޫމާތު ހުރި ފަރާތްތަކާއި ބައްދަލުކޮށް މަޢުލޫމާތު އެއްކޮށް، ސައްޙަ މަޢުލޫމާތުތޯ ކަށަވަރުކޮށް ލިޔެ ބެލެހެއްޓުން.
  8. ސަރަހައްދީ ދާރުލްއާސާރުތައް ބެލެހެއްޓުން.
  9. އަމިއްލަފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި، ސަރަހައްދީ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެއްޗާއިބެހޭ ދިރާސާތައް ކުރާނެގޮތާއި މަޢުލޫމާތު މަޢުލޫމާތު މުއްސަނދި ކުރުމަށް މަސައްކަތް ކުރާނެގޮތާއި މަޢުލޫމާތު ދޭނެގޮތާއި ބެހޭގޮތުން އިރުޝާދު ދީ އެހީތެރިވެދިނުން.
  10. އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޫނުންވާ ދާރުލްއާސާރުތަކާއި ސަރަހައްދީ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެއްޗަށް ގިނަދުވަހު ދެމިހުންނާނޭ ގޮތަށް ފަރުވާދީ ބަލަހައްޓާނެ ގޮތާއި ފަރުވާ ދިނުމުގެ ކުރިންނާއި ފަހުން ފުރިހަމަ ކުރަންޖެހޭ ކަންކަމާއިބެހޭގޮތުން އިރުޝާދުދީ އެހީތެރިވެ ދިނުން.