އޮނިގަނޑު

 

ސެކްޝަން އަދި ޔުނިޓް ތަކުގެ މަސައްކަތް

ކޯޕަރޭޓް އެފެއާޒް ސެކްޝަން
ކޯޕަރޭޓް އެފެއާޒް ސެކްޝަންގެ މައިގަނޑު މަސައްކަތަކީ އޮފީހުގެ މެންޑޭޓްގައި ކަނޑައެޅިފައިވާ މަސައްކަތްތައް ކުރުމުގައި ހުރިހާ ރޮނގަކުންވެސް އެހީތެރިވެދިނުމެވެ. އެގޮތުން އޮފީހުގައި ކުރަމުންގެންދާ ހުރިހާ ކަމެއް ރާވައި ހިންގުމުގައި އެހީތެރިވުމާއި އިދާރީ ގޮތުންނާއި މާލީ ގޮތުން ކޮށްދޭންޖެހޭ ހުރިހާ ކަމަކާއި، އެކިއެކި މަސައްކަތްތައް ކުރުމަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީތެރިކަން ޒަމާނާ އެންމެ އެކަށޭނެ ފެންވަރެއްގައި ފޯރުކޮށްދިނުމާއި، އޮފީހުން ހިންގާ ތަފާތު ޕްރޮޖެކްޓްތައް ހިންގައި ބެލެހެއްޓުމުގައި އެހީތެރިވުމާއި، އޮފީހުގެ ބަޖެޓް ހެދުމާއި އަދި ހިއުމަން ރިސޯސަސްގެ ދާއިރާ ވަރުގަދަ ކުރުމަށް ކުރަންހުރި މަސައްކަތްތައް ކުރުމާއި ޑިޕާޓްމަންޓްގެ މެއިންޓެނަންސް އަދި ސެކިއުރިޓީ ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން ހިމެނެއެވެ.
މިއުޒިއަމް ސެކިއުރިޓީ އެންޑް މެއިންޓެނަންސް ޔުނިޓް ފައިނޭންސް ޔުނިޓް އެޑްމިނިސްޓްރޭޝަން އެންޑް އެޗް.އާރް ޔުނިޓް
މި ޔުނިޓުގެ މައިގަނޑު މަސައްކަތަކީ ދާރުލްއާސާރުގެ އެތެރެއާ ބޭރުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމާއި އޮފީހުގެ މަރާމާތާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމެވެ. މި ޔުނިޓުގެ މައިގަނޑު މަސައްކަތްތަކަކީ އޮފީހުގެ ބަޖެޓް ތައްޔާރުކުރުމާއި، އޮފީހުގެ ފަރާތުން ކުރަންޖެހޭ ޚަރަދުތައް ކުރުމާއި، ލިބޭ ފައިސާ ބަލައިގަތުމާއި އޮފީހަށް ލިބޭ އާމްދަނީއާއި ކުރެވޭ ޚަރަދުތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ތަފާތު ރިޕޯޓްތައް ތައްޔާރުކުރުމާއި ބަޖެޓް އެންމެ ފައިދާ ހުރިގޮތަށް ބޭނުންކުރެވެމުންދޭތޯ ބެލުމާއި އޮފީހުގެ އިންވެންޓްރީ ބެލެހެއްޓުމާއި އަދި އޮފީހަށް ބޭނުންވާ ތަކެތި ހޯދުމަށް މަސައްކަތްކުރުމެވެ. މި ޔުނިޓުން ހިންގާ ބަލަހައްޓާނީ އޮފީސް ހިންގުމަށްޓަކައި ކުރަންޖެހޭ އިދާރީ ކަންތައްތަކާއި، މުވައްޒަފުންނާ ބެހޭ އެންމެހައި ކަންތައްތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި އޮފީހުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަގުފަހިކޮށްދިނުމާއިއެކު އެކަންކަން ރާވައި ހިންގުމެވެ. އަދި ހަމަ އެހެންމެ އޮފީހުން އެހެން ސެކްޝަންތަކުގެ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމެވެ.
ހެރިޓޭޖް ސެކްޝަން
ހެރިޓޭޖް ސެކްޝަނުން ކުރަމުން އަންނަ މަސައްކަތަކީ ރާއްޖޭގެ ސަޤާފީ ތަރިކަ ގިނަ ދުވަހަށް ދެމިހުންނާނޭ ގޮތަށް ރައްކައުތެރިކޮށް ބެލެހެއްޓުމާއި ދިވެހީންގެ ސަގާފަތާއި އާދަކާދަ ދިރުވައި އާލާކުރުމާއި މި ކަމުގައި ގެންގުޅޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް އެގޮތުގެ މަތީން ޢަމަލު ކުރުމެވެ. މި މަސައްކަތުގައި ރާއްޖޭގައި ހުރި އާސާރީ ސަރަޙައްދުތައް ގިނަދުވަހަށް ދެމިހުންނާނޭ ގޮތަށް ބެލެހެއްޓުމާއި، ރާއްޖޭގެ ސަގާފީ ތަރިކައާބެހޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި މިކަމުގައި ޢާންމުންގެ އެއްބާރުލުން ހޯދުމާއި ރާއްޖޭގެ އާސާރީ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ޙިމާޔަތްކުރުމަށްޓަކައި ރާއްޖޭގެ އާސާރީ ތަންތަނާއި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ބެލެހައްޓުން ހިމެނެއެވެ.
ހެރިޓޭޖް މެނޭޖްމަންޓް ޔުނިޓް ދިވެހި ސަގާފަތާއި އާދަކާދަ ޔުނިޓް ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރ
މި ޔުނިޓުން ކުރާނެ މައިގަނޑު މަސައްކަތަކީ މާއްދީ ތަރިކަ ރައްކާތެރިކޮށް، މިފަދަ ތަންތަނަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތްކުރުމަށްޓަކައި އެތަންތަނުގެ އާބާތުރަފިލުވުމުގެ މަސައްކަތްކޮށް ގިނަދުވަހަށް ދެމިހުންނާނޭގޮތަށް ޕްރިޒާވްކޮށް އެފަދަ ތަންތަން ބެލެހެއްޓުމާއި، ރާއްޖޭ އާސާރީ ތަންތަނާއި ސަރަޙައްދުތައް ސަގާފީ ފަތުރުވެރިކަމަށް ހުޅުވާލައި އެފަދަ ތަންތަން ތަރައްޤީ ކުރުމާއި، އަދި ރާއްޖޭގެ އާސާރީ ސަރަޙައްދުތައް ސައިންޓިފިކް އުސޫލުން ކޮނެ ބަލައި އެފަދަ ތަންތަނުގައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެ ސަރަޙައްދުތައް ތަރައްޤީ ކުރުމަށްޓަކައި ކުރެހުން ތައްޔާރުކުރުމެވެ. ރާއްޖޭގެ ސަގާފީ ތަރިކަ ޙިމާޔަތް ކުރުމުގެ މަސައްކަތަކީ ހަމައެކަނި އާސާރީ ސަރަޙައްދުތަކުގެ ފޭރާން ޙިމާޔަތް ކުރުމެއް ނޫނެވެ. ސަގާފީ ތަރިކަ ޙިމާޔަތް ކުރެވޭނީ އެ ސަރަޙައްދުތަކަށް މީހުން ދޭ އަހުމިއްޔަތު ދެނެގަނެ އެ ފަދަ ތަންތަނާ އިންސާނީ ފިކުރު ގުޅުވައިގެންނެވެ. މި ގޮތުން ސަގާފީ ތަރިކަ އެ ތަރިކައިގެ އަޙުލުވެރިންނަށް ޝަރަޙަކޮށްދީ އަދި އޭގެ މާނަ މީހުންގެ ހިތްތަކަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމާއި މައުނަވީ ތަރިކަ ދިރާސާކުރުމާއި ރާއްޖޭގެ ތަފާތު ރަށްތަކުގައި ހުންނަ ސަގާފީ އާދަކާދަތައް ދިރުވައި އާލާކުރުމާއި، އެ ކަންތައްތައް ޑޮކިއުމަންޓްކޮށް މެޕްކުރުމާ، ތަރިކައާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާ، ސަރަޙައްދުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެތަންތަނުގެ މާނަ ދޭހަވާ ގޮތަށް ސަރަޙައްދުތައް ބައްޓަން ކުރުމާއި، ތަފާތު މީޑިއާގެ ވަޞީލަތްތައް ބޭނުންކޮށްގެން ދިވެހިންގެ ސަގާފަތުގެ ފުރިހަމަ ކުލަވަރު ހުރިހާ ދިވެހިންނާ އަދި ފަތުރުވެރިންނާ ޙިއްޞާ ކުރުމަކީ މި ޔުނިޓުގެ މަސައްކަތެކެވެ. ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ މައިގަނޑު މަސައްކަތަކީ ހއ. އުތީމުގައި ހުރި ބޮޑުތަކުރުފާނު އުޅުއްވި ގެކޮޅު “އުތީމު ގަނޑުވަރު” ގިނަދުވަހަށް ދެމިހުންނާނޭގޮތަށް ރައްކާތެރިކޮށް ބެލެހެއްޓުމާއި އެތަކުރުފާނުގެ ޒިކްރާ އާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމެވެ.
ނެޝަނަލް މިއުޒިއަމް ސެކްޝަން
ނެޝަނަލް މިއުޒިއަމްގެ މައިގަނޑު މަސައްކަތްތަކަކީ ދާރުލްއާސާރަށް ހޯދާ އާސާރީ ތަކެއްޗާއި، މިހާރު ހުރި އާސާރީ ތަކެތީގެ މަޢުލޫމާތު ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ބެލެހެއްޓުމާއި، ގިނަދުވަހަށް ދެމިހުންނާނޭގޮތަށް ފަރުވާދިނުމާއި، ތަކެއްޗާއިބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް ދިރާސާ ކުރުމާއި ދާއިމީ އަދި ޚާއްޞަ އެގްޒިބިޝަންތަކާއިބެހޭ މަޢުލޫމާތު ޢާންމުކުރުމެވެ. އަދި މީގެއިތުރުން އަމިއްލަފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި ސަރަޙައްދީ ދާރުލްއާސާރުތައް ހިންގުމުގައި ލަފާދީ އެހީތެރިވާނީ މި ސެކްޝަނުންނެވެ.
ރިސަރޗް އެންޑް ކޮންޒަރވޭޝަން ޔުނިޓް އިންޓަރޕްރިޓޭޝަން އެންޑް ކަލެކްޝަން ޔުނިޓް
މި ޔުނިޓުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކަކީ ދާރުލްއާސާރަށް ލިބޭ އާސާރީ ތަކެއްޗާއި، މިހާރު ހުރި އާސާރި ތަކެތީގެ އިތުރު މަޢުލޫމާތު ހޯދުމަށް ކުރަންޖެހޭ ދިރާސާތައްކޮށް، ހޯދޭ މަޢުލޫމާތު ޑޮކިއުމެންޓްކޮށް، ތަފާތު ފަރާތްތަކަށް އިންޓަޕްރިޓް ކުރުމާއި، ދާރުލްއާސާރުގައި ހުރި އާސާރީ ތަކެއްޗާއި އަލަށް ލިބޭ ތަކެތީގެ ތެރެއިން ގިނަ ދުވަހު ދެމިހުންނާނެ ފަރުވާ ދިނުމަށް ބޭނުންވާނެ ތަކެތި ދެނެގަނެ އެ ތަކެއްޗަށް ފަރުވާދިނުމުގެ މަސައްކަތް ކުރުމާއި، ތަކެއްޗަށް ފަރުވާދެވޭ ގޮތުގެ ލިޔުންތައް ލިޔުމާއި، އަދި ފަރުވާދޭން ފެށުމުގެ ކުރިންނާއި ފަހުން އެ އެއްޗެއް ފޮޓޯނަގައި އެ މަޢުލޫމާތުތައް ރެކޯޑްކޮށް ބެލެހެއްޓުމެވެ. މި ޔުނިޓުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކަކީ ދާރުލްއާސާރަށް ހޯދާ އާސާރީ ތަކެއްޗާއި، މިހާރު ހުރި އާސާރީ ތަކެތީގެ ފުރިހަމަ ކެޓަލޮގެއް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެގްޒިބިޓް ކުރެވިފައި ހުރި ތަކެއްޗާއި ސްޓޯރޭޖުގައި ހުރި ތަކެތީގެ ލޮކޭޝަންތައް އިނގޭގޮތަށް ލިޔެ ބެލެހެއްޓުމާއި ދާރުލްއާސާރުގައި ހިމެނޭ ތަކެއްޗާއިބެހޭ މަޢުލޫމާތު ދިނުމާއި، އަދި އަމިއްލަ ފަރާތްތަކުން ހިންގާ ދާރުލްއާސާރުތައް ހިންގުމުގައި ލަފާ ދިނުމާއި އެހީތެރިވުމެވެ.