ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް 2008ވަނަ އަހަރުން ފަށައިގެން އަންނަނީ ކުރަމުންނެވެ. މިގޮތުން 2008ވަނަ އަހަރު މާލެ ހުކުރު މިސްކިތް ވަނީ ޔުނެސްކޯގެ ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓްގައި ހިމެނިފައެވެ. ދިވެހިރާއްޖޭގައި މާލޭ ހުކުރު މިސްކިތުގެ އިތުރުންވެސް ވަރަށް ގިނަ ހިރިގަލު މިސްކިތްތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަން ހުރުމުން ގިނަ މިސްކިތްތަކެއް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް 2011 ވަނަ އަހަރު ފެށުނެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ 6 މިސްކިތެއް 2013 ވަނަ އަހަރު ޔުނެސްކޯގެ ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓްގައި ވަނީ ހިމެނިފައެވެ. މި 6 މިސްކިތަކީ މާލޭ ހުކުރު މިސްކިތް، މާލޭ ޢީދު މިސްކިތް، އދ. ފެންފުށީ އާސާރީ މިސްކިތް، ރ.މީދޫ އާސާރީ މިސްކިތް، ލ.އިސްދޫ އާސާރީ މިސްކިތް އަދި ހއ. އިހަވަންދޫ އާސާރީ މިސްކިތެވެ. މިހާރު މި މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ދާއިމީ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.