މާއްދީ ސަގާފީ ތަރިކަ ދަފްތަރުކުރުމުގައި ބެލެވެނީ އެ އެއްޗަކީ ފާހަގަކުރެވޭ ސަގާފީ އަގެއް ހުރި އަދި އެ އެއްޗެއް އުފެއްދި ފަހުން 75 (ހަތްދިހަ ފަހެއް) އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެއްޗަކަށްވެފައިވާނަމައެވެ. ނުވަތަ އެ އެއްޗެއްގެ ޢުމުރުން ގިނަ ދުވަސްތަކެއް ނުވިނަމަވެސް، އެ އެއްޗެއްގައި ފާހަގަކުރެވޭ ސަގާފީ އަގެއް ހުންނަ އެއްޗެއް ކަމަށް ވާނަމައެވެ. މާއްދީ ސަގާފީ ތަރިކަ ދަފްތަރުކުރުމަށް އާންމުންނަށް އިޢުލާން ކުރެވޭނެއެވެ.