މަޢުނަވީ ސަގާފީ ތަރިކައިގެ އުންޞުރު ކަމަށް ބުނެފައި އެވަނީ، ޖީލުން ޖީލަށް ނަޤުލުވަމުން އައިސްފައިވާ މާޒީއާއި ނުވަތަ ތާރީޚާ ގުޅިފައިވާ އާދަކާދައާއި، މިހާރު ނެތިގޮސްފައިވީ ނަމަވެސް، މާޒީއާ ނުވަތަ ތާރީޚާ ގުޅިފައިވާކަމަށްބެލެވޭ އާދަކާދަތަކާއި، ޢިލްމާއި ހުނަރުތަކާ ގުޅިފައިވާ ފަރަތްތަކާއި، އާލާތްތަކާއި، ސާމާނާއި ލިޔެކިޔުމަށެވެ.