English English

މާލޭ ހުކުރު މިސްކިތު އާބާތުރަފުލުވުން

މާލޭ ހުކުރު މިސްކިތަކީ 1658ވަނަ އަހަރު ސުލްޠާން އިބްރާހީމް އިސްކަންދަރުގެ ވެރިކަމުގައި ހަދާފައިވާ ދިވެހިންގެ ހުނަރުވެރި މަސައްކަތްތެރިކަން ދައްކުވައިދޭ ވަރަށް ރީތި ހިރިގަލު މިސްކިތެކެވެ. މި މިސްކިތަކީ ޔުނެސްކޯގެ ވަގުތީ ދުނިޔޭގެ ތަރިކައިގެ ލިސްޓްގައި ވެސް ހިމެނިފައިވާ މިސްކިތެކެވެ. މި މަޝްރޫޢުއަކީ މި މިސްކިތް ގިނަ ދުވަހަށް ބެހެއްޓުމަށްޓަކައި ކުރަންޖެހޭ އާބާތުރަފިލުވުމުގެ މަސައްކަތް ކުރުމަށްޓަކައި ކުރިއަށްދާ މަޝްރޫޢުއެކެވެ. މި މަޝްރޫއު ކުރިއަށްދަނީ އިންޑިޔާ ސަރުކާރުގެ ދީލަތި އެހީގެ ލިބިގެންނެވެ.  މި މަޝްރޫޢުގައި އަރކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާ (އޭ. އެސް. އައި) ގެ ފަރާތުން ބައިވެރިވެއެވެ.