ކަޅުވަކަރު މިސްކިތަކީ މީލާދީން 1700 ގެ އަހަރުތަކުތެރެއިން އައްޞުލްޠާން ޙަސަން ޢިއްޒުއްދީންގެ ވެރިކަމުގައި ބިނާކޮށްފައިވާ ހިރިގަލު މިސްކިތެކެވެ. މިއީ މިހާރު ދިވެހިރާއްޖޭގައި ކަޅުވަކަރުން ހަދާފައިވާ ހަމައެކަނި ހިރިގަލު މިސްކިތެވެ. މި މިސްކިތަކީ މި މިސްކިތުގެ ތާރީޙުގައި ވަރަށް ގިނަފަހަރަށް ރޫޅާ ރާވައިފައިވާ މިސްކިތެކެވެ. މިގޮތުން އެންމެ ފަހުން ރޫޅާ ލެވިފައި ވަނީ 2016 ވަނަ އަހަރުގައެވެ. 2019 ވަނަ އަހަރު މި މިސްކިތް އަލުން ރާވާ ބެހެއްޓުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މިސްކިތް ރާވާ ބެހެއްޓުމުގެ މަސައްކަތް އެއްކޮށް ނިމިފައިވަނީ 2020 ވަނަ އަހަރުއެވެ.