މަޢުނަވީ ސަގާފީ ތަރިކަ ދަފްތަރު ކުރެވޭނީ އެ އެއްޗެއްގައި ފާހަގަކުރެވޭ މަޢުނަވީ ސަގާފީ އަގެއް އެކުލެވޭނަމައެވެ. މި ގޮތުން ތަރިކައިގެ އަގު ކަނޑައަޅާނެ ގޮތުގެ އެސޫލު ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) ގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފަވާނެއެވެ. މަޢުނަވީ ސަގާފީ ތަރިކަ ދަފްތަރުކުރުމަށް އާންމުންނަށް އިޢުލާން ކުރެވޭނެއެވެ.