ސަގާފި ކުޅިވަރާއި މަސައްކަތް ކުރުމަކީ މަޢުނަވީ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިހެންކަމުން 2019 ވަނަ އަހަރު ފާސްކުރެވުނު ޤާނޫނުގެ ދަށުން މަޢުނަވީ ސަގާފީ ތަރިކަވެސް ދަފްތަރު ކުރެވޭނެއެވެ. މަޢުނަވީ ސަގާފީ ތަރިކަ ދަފްތަރުކުރުމުގެ ގޮތުން ދިވެހި ސަގާފަތާއި އާދަކާދަ އާއި ގުޅުން ހުރި މަސައްކަތްތަކާއި ބެހޭ މަޢުލޫމާތު އެއްކޮށް، މިފަދަ މަސައްކަތްކުރާ މަސައްކަތްތެރީންނާއި އަދި ސަގާފީ ކުޅިވަރު ކުޅޭ ފަރާތްތަކާއި، ސަގާފަތް ދައްކުވައިދިނުމަށް އެކިއެކި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލެއްވުމަށް ރަށޔކައުންސިލްތަކުގެ އެހީއާއެކު ވަނީ މި މަސައްކަތް ފެށިފައެވެ.