NCCH Logo
ހަރަކާތް

އިހު އުފާ

2025-09-10

2025 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ދާރުލްއާސާރު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޤައުމީ ދާރުލްއާސާރުގައި "އިހު އުފާ" ގެ ނަމުގައި 2025 މެއި 23 ވަނަ ދުވަހު ކުޑަކުދިންގެ ހަވީރެއް ވަނީ ބާއްވާފައެވެ. މި ހަވީރުގައި އިހުގައި ކުޅެ އުޅުނު ބައެއް ކުޅިވަރުތަކާއި ދާރުލްއާސާރުގައި ހުރި ބައެއް ތަކެތީގެ މައުލޫމާތު ހިމެނޭ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ކުދިންނަށް ވަނީ ދެވިފައެވެ. އިހުގެ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ފަސްއޮށް، އޮށްވަޅު، ރާޒުވާ، ކޮރާ ކުޅެވޭނެ ސްޓޭޝަންތައް ވަނީ ތައްޔާރުކުރެވިފައެވެ. މި ހަވީރުގައި 181 ކުޑަކުދިންނާއި އެކުދީންގެ އާއިލާގެ ފަރާތްތައް ހިމެނޭހެން ޖުމުލަ 297 ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

ގެލަރީ

Copyright 2026