NCCH Logo

ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒަކީ މީލާދީން 1573 ން 1585 އަށް ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޠަމް ސިރީސަވާދީއްތަ މަހާރަދުން ދިވެހި ޤައުމަށް ކޮށްދެއްވި މަތިވެރި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެރަދުންގެ ހަނދާނުގައި ދިވެހި ސަރުކާރުން ބިނާކުރެއްވި މަރުކަޒެކެވެ. މިމަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ އުތީމުގައި ބޭއްވުނު ރާއްޖޭގެ 36 ވަނަ ޤައުމީ ދުވަހުގެ ރަސްމިއްޔާތުގައި 01 ރަބީޢުލްއައްވަލް 1400 (19 ޖަނަވަރީ 1986) ވީ ހޮނިހިރު ދުވަހު އޭރުގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމެވެ. މަރުކަޒު ހުޅުވައިދެއްވީވެސް އެމަނިކުފާނެވެ. އެއީ 08 ރަބީޢުލްއައްވަލް 1407 (10 ނޮވެމްބަރ 1986) ވީ ހޯމަ ދުވަހުއެވެ. މި މަރުކަޒު ބިނާކޮށްފައިވަނީ އެކި ބޭނުންތަކަށް ބޭނުންކުރެވޭނެ ހޯލަކާއި، 3 ކްލާސްރޫމާއި، އަދި ލައިބްރަރީއެއްވެސް ހިމެނޭހެންނެވެ. އުތީމުގައި ސްކޫލެއް ޤާއިމްކުރެވުމާއި ހަމައަށް، ރަށުގައި ސްކޫލެއްގެ ގޮތުގައި ތަޢުލީމް އުގަނައިދިނީ މިމަރުކަޒުގައިއެވެ.


މި މަރުކަޒުން ދެވޭ ޚިދުމަތްތައް

1.  ގަނޑުވަރަށް ޒިޔާރަތްކުރާ މެޙެމާނުންނަށް ގަނޑުވަރަށް ވަނުމަށް ޓިކެޓް ވިއްކުމާއި ގަނޑުވަރު ދެއްކުން.

2.  ގަނޑުވަރު ހިމެނޭހެން އުތީމުގައި ހިމެނޭ އާސާރީ ތަންތަނުގެ މަޢުލޫމާތު ފޯރުކޮށްދިނުން. 

3.  ޚާއްޞަ ހުއްދައިގެ ދަށުން ގަނޑުވަރަށް ޒިޔާރަތްކުރައްވާ މެޙެމާނުންނަށް ތާރީޚީ މަޢުލޫމާތު ދިނުމާއި، އާސާރީ ތަންތަން ދެއްކުން. 

4.  މި މަރުކަޒުގައިވާ ހޯލު އެކި ކަންކަމަށް ބޭނުންކުރުމަށް އާއްމުންނަށް އަދި މުވައްޞަސާތަކަށް ކުއްޔަށް ދޫކުރުން. 

5.  ތާރީޚާއި ބެހޭ މަޢުލޫމާތު ސެޝަންތައް ނަގައިދިނުން. 

6.  ލައިބްރަރީގެ ޙިދުމަތް ދިނުން. 

ގެލަރީ

Copyright 2026