މެންޑޭޓް
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު
- ސަގާފީ ތަރިކަ ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ކަނޑައަޅައި އާންމުކުރުން.
- ސަގާފީ ތަރިކަ ގިންތިކޮށް، ސަގާފީ ތަރިކައިގެ ދަފުތަރެއް އެކުލަވައިލައި، އަދާހަމަކޮށް ބެލެހެއްޓުން.
- ޤައުމީ ތަރިކައިގެ ހާލަތާއި، އެފަދަ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ލޯކަލް ކައުންސިލްތަކަށް އިރުޝާދު ދިނުން.
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ސަގާފީ ތަރިކަ ދެމެހެއްޓެނިވި ގޮތަކަށް އާބާތުރަފިލުވައި، އެފަދަ ތަރިކަ ބަލަހައްޓައި، ރައްކާތެރިކޮށް ޒަމާންތަކަށް ދަމަހައްޓާނެ ނިޒާމެއް ގާއިމުކުރުން.
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ތަންފީޒުކުރުމަށްޓަކައި ލޯކަލް ކައުންސިލްތަކާއި އެނޫންވެސް ކަމާބެހޭ އިދާރާތަކަށް ސަގާފީ ތަރިކަ ބަލަހައްޓާނެ ގޮތުގެ އިރުޝާދު ދިނުން
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ ޝަރުޠުތައް ކަނޑައެޅުން.
- ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ތަރިކައާބެހޭ ބައިނަލްއަޤްވާމީ އެކިއެކި މުޢާހަދާތަކާއި އެއްބަސްވުންތައް ތަންފީޒުކުރެވެމުންދޭތޯ ބެލުމުގައި ވަޒީރަށް ލަފާދިނުން.
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ސަގާފީ ތަރިކަ ބަލަހައްޓަމުންދޭތޯ ބަލައި، މޮނިޓަރކުރުން.
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާއި، އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ގުޅޭގޮތުން ވުޒާރާއިން ކަނޑައަޅާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން.
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ކޮށްފާނެ އަސަރު ބެލުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓް ހެދުމާގުޅޭ އުސޫލުތައް ކަނޑައެޅުން.
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ހޯދުމަށް ދިވެހިރާއްޖޭގެ ސަރަހައްދު ބެލުމާއި، އެފަދަ ދިރާސާތައް ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި، އެ މަސައްކަތް ކުރަމުންދާ ގޮތް ބެލުން.
- ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހުރި ސަގާފީ ތަރިކަ، ސައިންސްގެ ހަމަތަކުގެމަތިން ހޯދައި ބަލައި ދިރާސާކުރުމާއި، އެފަދަ ދިރާސާތައް ކުރުމަށް ހިތްވަރުދީ، އެހީތެރިކަން ފޯރުކޮށްދިނުން.
- ސަގާފީ ތަރިކައާ ގުޅޭގޮތުން އެއްކުރެވޭ މަޢުލޫމާތު، ރައްކާތެރި ނިޒާމެއްގެ ތެރެއިން ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ބެލެހެއްޓުން.
- ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އަގު ނެގުން.
- މަރުކަޒުގެ މަސައްކަތްތައް ހިންގުމަށްޓަކައި އެކިއެކި ކޮމިޓީތައް ހެދުން.
- ދިވެހިރާއްޖޭގެ ތަރިކައާ ގުޅޭގޮތުންނާއި ދިވެހިންގެ އާދަކާދައާ ގުޅޭގޮތުން ހޯދުންތައް ހޯދައި، ދިރާސާތައްކޮށް، އެ މަޢުލޫމާތު އާންމުކުރުން.
- ހެރިޓޭޖް ޓްރަސްޓް ފަންޑު ހިންގުން.
- ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ގުޅޭ ކަންކަމުގައި އާންމުންގެ މަޝްވަރާއާއި ޚިޔާލު ހޯދައި، ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގުން.
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ސަގާފީ ތަރިކަ ހިމެނޭ ތަންތަނާއި، ބިނާތަކާއި ސަރަހައްދުތައް އާންމުންނަށް ހުޅުވާލުމާ ގުޅޭ ކަންކަން ހަމަޖެއްސުން.
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާއި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން.
ޤައުމީ ދާރުލްއާސާރުގެ މަސައްކަތްތައް
- ދާރުލްއާސާރަށް ހޯދާ އާސާރީ ތަކެއްޗާއި، މިހާރު ހުރި އާސާރީ ތަކެތީގެ ފުރިހަމަ ކެޓަލޮގެއް ހަދައި އެ ކެޓަލޮގް ބެލެހެއްޓުން.
- އެގްޒިބިޓް ކުރެވިފައި ހުރި ތަކެއްޗާއި ގުދަންކޮށްފައި ހުރި ތަކެތި ބެހެއްޓިފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުން.
- ދާރުލްއާސާރަށް ހޯދާ އާސާރީ ތަކެއްޗާއި، ހުރި ތަކެތީގެ ފޮޓޯނަގައި، ގިނަދުވަހު ހުންނާނޭހެން ފަރުވާދިނުމާއި އެތަކެއްޗަށް ގެއްލުން ނުވާނޭ ގޮތަށް ބެލެހެއްޓުން.
- ދާރުލްއާސާރުގެ ޑިސްޕްލޭގައި ހިމެނޭ ތަކެއްޗާބެހޭ މަޢުލޫމާތު އާންމުކުރުން.
- ދާއިމީ އެގްޒިބިޝަންތަކާއި ޚާއްޞަ އެގްޒިބިޝަންތަކާބެހޭ އިންޓަރޕްރިޓޭޝަން ތައްޔާރުކޮށް މަޢުލޫމާތު ދިނުމާއި، ލުއިފޮތާއި ބްރޯޝާ ފަދަ ތަކެތި ތައްޔާރުކުރުމާއި، އެތަކެތި އާންމުކޮށް ހިލޭ ނުވަތަ ގަންނަން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
- އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި ސަރަހައްދީ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެތި ކެޓަލޮގުކޮށް ފޮޓޯނަގާ ޑޭޓާބޭސްއެއް ގާއިމުކޮށްގެން ބަލަހައްޓާނެގޮތުގެ އިރުޝާދުދީ އެހީތެރިވެދިނުން.
- އާސާރީ ތަކެއްޗާބެހޭ މަޢުލޫމާތު ހޯދުމަށް ދިރާސާ ކުރުމާއި، އެ ތަކެތީގެ މަޢުލޫމާތު މުއްސަނދި ކުރުމަށް މަޢުލޫމާތު ހުރި ފަރާތްތަކާއި ބައްދަލުކޮށް މަޢުލޫމާތު އެއްކޮށް، ސައްޙަ މަޢުލޫމާތުތޯ ކަށަވަރުކޮށް ލިޔެ ބެލެހެއްޓުން.
- ސަރަހައްދީ ދާރުލްއާސާރުތައް ބެލެހެއްޓުން.
- އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި، ސަރަހައްދީ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެއްޗާބެހޭ ދިރާސާތައް ކުރާނެގޮތާއި މަޢުލޫމާތު މުއްސަނދިކުރުމަށް މަސައްކަތް ކުރާނެގޮތާއި މަޢުލޫމާތު ދޭނެގޮތާ ބެހޭގޮތުން އިރުޝާދު ދީ އެހީތެރިވެދިނުން.
- އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި ސަރަހައްދީ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެއްޗަށް ގިނަދުވަހު ދެމިހުންނާނެގޮތަށް ފަރުވާދީ ބަލަހައްޓާނެގޮތާއި ފަރުވާދިނުމުގެ ކުރިންނާއި ފަހުން ފުރިހަމަކުރަންޖެހޭނެ ކަންކަމާބެހޭގޮތުން އިރުޝާދުދީ އެހީތެރިވެދިނުން
.