NCCH Logo

ޤައުމީ ދާރުލްއާސާރު

ޤައުމީ ދާރުލްއާސާރުގެ ތާރީޚު

ދިވެހިރާއްޖޭގެ ފުރަތަމަ ދާރުލްއާސާރު ހުޅުވުނީ 6 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން، ހިޖުރީ ސަނަތުން 1 ރަބީޢުލްއައްވަލް 1372 (19 ނޮވެންބަރު 1952) ގައެވެ. މި ދާރުލްއާސާރު އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ އެއިރުގެ ވަޒީރުލްއަޢުޡަމް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނެވެ. ދާރުލްއާސާރުގެ ގޮތުގައި އެންމެ ފުރަތަމަ ބޭނުން ކުރެވުނީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) ގަނޑުވަރުތެރޭގައި ބިނާކުރެއްވި އުސްގެކޮޅެވެ. 

ދިވެހިރާއްޖޭގެ އައު ޤައުމީ ދާރުލްއާސާރު ހުޅުވައިދެއްވީ، މީލާދީ ސަނަތުން2010 ޖުލައި 26 ގައި އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދެވެ. އައު ދާރުލްއާސާރަކީ ސީނުކަރައިގެ ހިލޭ އެހީގެ ދަށުން ބިނާ ކުރެވިފައިވާ އިމާރާތެކެވެ.

ދާރުލްއާސާރެއް އުފެއްދެވުމުގެ މަޤްޞަދަކީ ދިވެހީންގެ ޒަމާންވީ ތާރީޚާއި ތަރިކައާއި ސަގާފަތާ މެދު ދިވެހިންގެ ހިތްތަކުގައި ފަޚުރުވެރިކަން އުފެއްދެވުމާއި ޙުއްބުލްވަޠަންގެ މަތިވެރި ރޫޙު ދިވެހީންގެ މެދުގައި އުފެއްދެވުމެވެ. ދާރުލްއާސާރުގައި ދިވެހިރާއްޖޭގެ އެކި ދުވަސްވަރަށް ނިސްބަތްވާ އާސާރުތައް މައުރަޒުކުރެވިފައިވެއެވެ.


ޤައުމީ ދާރުލްއާސާރު ހުޅުވިފައި ހުންނަ ގަޑި

 

ހުޅުވާ ދުވަސްތައް: ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް

  • ޤައުމީ ދާރުލްއާސާރު ހުޅުވިފައި ހުންނަ ގަޑި: ހެނދުނު 10:15 އިން ހަވީރު 4:00 އަށް
  • ޓިކެޓް ކައުންޓަރު ހުޅުވިފައި ހުންނަ ގަޑި: ހެނދުނު 10:15 އިން ހަވީރު 3:30 އަށް


* ނޯޓް: ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޤައުމީ ދާރުލްއާސާރު ހުޅުވިފައި ހުންނާނެއެވެ.



ޤައުމީ ދާރުލްއާސާރަށް ވަންނަ ޓިކެޓުގެ އަގުތައް


ދިވެހިން

  • ބޮޑެތި މީހުން (18 އަހަރާއި 64 އަހަރާ ދެމެދު): 25 ރުފިޔާ
  • ކުޑަކުދިން (5 އަހަރާއި 18 އަހަރާ ދެމެދު): 20 ރުފިޔާ
  • ދަރިވަރުން (ދަރިވަރެއްކަން އަންގައިދޭ ކާޑު/ލިޔުން އޮންނަ ދަރިވަރުން): 15 ރުފިޔާ
  • ކުޑަކުދިން (5 އަހަރުން ދަށުގެ): ހިލޭ

 

ބިދޭސީން

  • ބޮޑެތި މީހުން (18 އަހަރާއި 64 އަހަރާ ދެމެދު): 155 ރުފިޔާ
  • ކުޑަކުދިން (5 އަހަރާއި 18 އަހަރާ ދެމެދު): 72 ރުފިޔާ
  • ދަރިވަރުން (ދަރިވަރެއްކަން އަންގައިދޭ ކާޑު/ލިޔުން އޮންނަ ދަރިވަރުން): 30 ރުފިޔާ
  • ކުޑަކުދިން (5 އަހަރުން ދަށުގެ): ހިލޭ



ދާރުލްއާސާރުގެ ތެރޭގައި ކުރުން މަނާ ކަންކަން


  • ދާރުލްއާސާރުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން އަދި ވޭޕް ކުރުން
  • ދާރުލްއާސާރުގައި ހުންނަ އާސާރީ ތަކެތީގައި އަތްލުން
  • ދާރުލްއާސާރުގެ ތެރެއަށް ކާބޯތަކެތި ވެއްދުން
  • ދާރުލްއާސާރުގެ ތެރެއަށް ދަބަސް / އަތްދަބަސް ވެއްދުން
  • ދާރުލްއާސާރުގެ ފޮޓޯ ނުވަތަ ވީޑިއޯ ނަގާއިރު ފްލޭޝް ބޭނުން ކުރުން
  • ދާރުލްއާސާރުގެ ތެރޭގައި އަޑުގަދަކުރުމާއި ދުވުން
  • ދާރުލްއާސާރުގައި ހުންނަ އާސާރީ ތަކެތީގައި އިށީނުން

ޝޯކޭސް

ގެލަރީ

Copyright 2026