NCCH Logo

ހުވަދޫ ރީޖަނަލް މިއުޒިއަމް

ހުވަދޫ ރީޖަނަލް މިއުޒިއަމަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ގާއިމުކުރެވުނު ސަރަހައްދީ ދާރުލްއާސާރެވެ. ގދ. ތިނަދޫ ސިޓީގައި ބިނާކޮށްފައިވާ މި ދާރުލްއާސާރަކީ ހުވަދޫ އަތޮޅުގެ މުއްސަނދި ތާރީޚާއި ސަގާފީ ތަރިކަ ދިރުވައި އާލާކޮށް، އެ ތަކެތި ރައްކާތެރިކަމާއެކު ދައްކާލުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ. މިތަނުގައި އެ ހުވަދުއަތޮޅާއި ގުޅުންހުރި ތަފާތު ގިނަ އާސާރީ ތަކެތި ދައްކާލުމަށް ބަހައްޓާފައިވެއެވެ. މީގެ ތެރޭގައި ކާބަފައިން ބޭނުންކުރި ސަގާފީ އާލާތްތަކާއި، ގޭތެރޭގެ ސާމާނުގެ އިތުރުން ސަގާފީ ގޮތުން އަގުހުރި ތަފާތު ތަކެތި ހިމެނެއެވެ. އާސާރީ ތަކެތީގެ އިތުރުން، ހުވަދޫ އަތޮޅުގެ ރައްޔިތުންނާއި އެ ސަރަހައްދުގެ އާދަކާދަތަކާ ގުޅޭ ތާރީޚީ މައުލޫމާތާއި ހާދިސާތައް ދަސްކުރުމުގެ ފުރުސަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދެއެވެ.

ގެލަރީ

Copyright 2026