ޚަބަރު
ތަރިކަވެރިންގެ އަޑު- ދާއިރާގެ ބޭފުޅުންނާއި ވަޒީރު ބައްދަލުކުރެއްވުން
2026-07-09
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން 2026 ޖުލައި 08 ވަނަ ދުވަހިގެ ރޭ ވަނީ ތަރިކައާއި ސަގާފަތާ ބެހޭ ދައިރާގެ ބޭފުޅުން އެއް ފުރާޅެއްގެ ދަށުގައި ބައްދަލުކޮށް، ޚިޔާލު ބަދަލުކޮށްލުމަށް ’ތަރިކަވެރިންގެ އަޑު‘ގެ ނަމުގައި ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ޤައުމީ ދާރުލްއާސާރު އިމާރާތުގެ އިސްވަރު ހޯލުގައެވެ. މި ބައްދަލުވުމުގައި ފަންސާހަށްވުރެ ގިނަ، އަމިއްލަ ފަރުދުންނާއި ޖަމުޢިއްޔާ ޖަމާޢާތްތަކާއި ވިޔަފާރިތަކާއި ސަރުކާރުގެ އިދާރާތައް ހިމެނޭގޮތަށް ވަނީ ބައިވެރިވެފައެވެ. ދާއިރާގެ ބޭފުޅުންގެ އަޑު، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އައްސަވައި، ދާއިރާގެ ކުރިމަގާ ގުޅޭ ކަންކަމާ މެދު މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު މި ބައްދަލުވުމުން ފަހިވެގެންދިއައެވެ.